ދިވެހިރާއްޖެ
ނަންބަރު: (IUL)337/337/2024/91
އިޢުލާން
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން
މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން 06 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00ގައި އޮންނާނެއެވެ.
| ތަފްޞީލް | ||
| ތަރީޙް: | ގަޑި: | ތަން: | 
| 06 އޮކްޓޯބަރ 2024 (އާދީއްތަ) | 14:00 (މެންދުރު) | އިސްލާޙިއްޔާ ގުދަން ސަރަޙައްދު | 
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދެވުން އެދެމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދަލަށް ދައްކަވަންޖެހޭ ފައިސާ މިކައުންސިލަށް ޖަމާކޮށްދެއްވުމުން ކަމުގައި ދަންނަވަމެވެ.
ނީލަމުން ބައްލަވައިގަންނަވާ ތަކެތީގެ އަގަށްވާ ފައިސާ 07 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.
އެކައުންޓްގެ މަޢުލޫމާތު
އެކައުންޓް ނަން: Secretariat of the Maafushi Council
އެކައުންޓް ނަންބަރ: 7730000098799
ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7201050 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚުގައި ފައިސާ ދެއްކުމަށް ފަހުގައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެކުރިން ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
21 ރަބީޢުލްއައްވަލް 1446
24 ސެޕްޓެމްބަރ 2024
 
                    