ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު ހަދައިދޭނެ ފަރާތެއް ހޯދުމަށް

ލ.ހިތަދޫ ފުޓްބޯޅަ ދަނޑު ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ ނަންބަރު:IUL)404-ESMS/2015/28)ފ(19 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވާ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދަވާ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން މިރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ 250ފޫޓު 350x ފޫޓުގެ ފުޓްބޯޅަދަނޑުގައި ހުރި ރުއްގަސް ނަގައި ބިން ސާފުކޮށް، ލެވެލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މަތީގައިވާ މަސައްކަތުގެ އަގުދިނުމަށް ހަމަޖެހިފައިވަނީ، ތިންފަހަރެއްގެ މަތިންނެވެ. މިގޮތުން ފުރަތަމަ ޕޭމަންޓްގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ އެގްރީމެންޓްގައި ސޮއިކުރުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ތާވަލް ފޮނުއްވައި ދެއްވުމުންނެވެ. ދެވަނަ ޕޭމަންޓަށް ވާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ %50 ނިމުމުންނެވެ. ތިންވަނަ ޕޭމަންޓްގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތް ނިމުމުން މިކައުންސިލުން މަސައްކަތް ބަލައި ޗެކްކުރުމަށްފަހުގައެވެ.

ވީމާ، ތިރީގައިމިވާ ތާރީޚުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާނީ ސިޓީއަކާއެކުގައެވެ. އަދި މީހަކަށް ހުށަހެޅޭނީ އެންމެ ފަރާތެއްގެ ސިޓީއެވެ. ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރެވިފައެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

ތާރީޚު: 17 ޖޫން 2015

ތާރީޚު: 29 ޖޫން 2015

ގަޑި: 11:00

ގަޑި: 11:00

ތަން: ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ

ތަން: ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ