ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރ (IUL)333/333/2024/35 (04 ޖުލައި 2024)ގައި ކޮށްފައިވާ އިޢުލާނަށް އެއްވެސް ފަރާތެއް ހޮވިފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.
ކ. ތުލުސްދޫ ގައި އަމިއްލަ ޚަރަދުގައި މެނޭޖްކޮށް އޮޕަރޭޓް ކުރުމަށް، 100 އެނދުގެ ހޮސްޕިޓަލަކާއި، މެޑިކަލް ކޮލެޖް އެއް އެޅުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކަށް، އެފަދަ ހޮސްޕިޓަލަކާއި ކޮލެޖް އެއް އެޅުމަށް ބޭނުންވާ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.
ބިޑް ފޮތް ލިބިވަޑައިގަންނަވާނީ، 25 ސެޕްޓެމްބަރ 2024 އިން 02 އޮކްޓޯބަރ 2024 (ބުދަ) ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00އާ ދެމެދު ކ. ތުލުސްދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޕްރީ ބިޑާއި ބެހޭ މަޢުލޫމާތު ދިނުން އޮންނާނީ، 06 އޮކްޓޯބަރ 2024 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައެވެ. އަދި ބިޑް ހުށައެޅުން އޮންނާނީ، 13 އޮކްޓޯބަރ 2024 ވާ (އާދިއްތަ) ދުވަހުގެ 13:00 ގައެވެ. ބިޑް ފޮތެއްގެ އަގަކީ -/2000 (ދެހާސްރުފިޔާ) އެވެ. ބިޑް ފޮތުގައި މި ޕްރޮޖެކްޓާބެހޭ އެންމެހައި މަޢުލޫމާތު )ބިޑް ޕްރޮސެސިންގ ހިގާނެ ގޮތް) ހިމެނިފައިވާނެ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.