މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'އާޓް ޕީސް' އެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބެނުންވެއްޖެ

ކުރިއަށް އޮތް 2016 ވަނަ އަހަރަކީ "ފަތުރުވެރިން ޒިޔާރަތްކުރާ އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރެވެ. މިކަމާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އާޓް ޕީސް" އެއް މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު މި ކޯޕަރޭޝަންގެ ނަންބަރު IUL)MMPRCHAS/1/2015/32) އާ ގުޅިގެން ކުރެވުނު އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯޒަލްތައް މިކޯޕަރޭޝަނުން ބޭނުންވާ މިންގަނޑަށް ނުފެތޭތީ "އާޓް ޕީސް" ފަރުމާކޮށް ތައްޔާރުކޮށް، އެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޚުލާޞާއެއް ހުށަހަޅައި، މުޅި އަހަރުގެ ތެރޭގައި މި "އާޓް ޕީސް" މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

24 ޝަޢުބާން 1436

15 ޖޫން 2015
ހޯދާ