ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ.
(UL)245-MIM/245/2024/77 : ނަންބަރު
އިޢުލާން
އިޖުތިމާއީ ހިޔާ އޭސީ ހޯލް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އިޖުތިމާޢީ ހިޔާ އޭސީ ހޯލު އަޕްގުރޭޑް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)245-MIM/245/2024/62 އިއުލާނާއި ގުޅިގެން ހުށަހެޅީފައިވާ ބީލަންތަގުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެބީލަންތަށް ބާތިލްކޮށް، އެމަސައްކަތަށް ބައެއް ބަދަލުގެނައުމަށްފަހު އިޖުތިމާޢީ ހިޔާ އޭސީ ހޯލު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 24 ސެޕްޓެމްބަރ 2024 އިން 02 އޮކްޓޯބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއަދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/sACt5YNAYn
މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 އޮކްޓޯބަރ 2024، ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501005 އަށް ގުޅުއްވުން އެދެމެވެ.
- މަސައްކަތާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް (ޕްރިބިޑް މީޓިންގ) ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ.
- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 06 އޮކްޓޯބަރ 2024، ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގެ ރޫމުގައެވެ.
- ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
21 ރަބީޢުލްއައްވަލް 1446
24 ސެޕްޓެމްބަރ 2024