ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުން

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ.

 (IUL)245-MIM/245/2024/76 :ނަންބަރު                                                                             

                                                           އިޢުލާން  

       

ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުން

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، 15 ޔޫވީ ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL) 245-MIM/245/2024/64 އިއުލާނާ ގުޅިގެން ހުށަހެޅީފައިވާ ބީލަންތަގުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެބީލަންތަށް ބާތިލްކޮށް،  15 ޔޫވީ ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް  އިއުލާން ކުރަމެވެ.
  2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 24 ސެޕްޓެންބަރު 2024 އިން 30 ސެޕްޓެންބަރު 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/xgrzPJQt8M

  1. މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501005 އަށް ގުޅުއްވުން އެދެމެވެ.
  2. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  3. ބީލަން ފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

‏21‏ ރަބީޢުލްއައްވަލް‏ 1446

‏24‏ ސެޕްޓެމްބަރ‏ 2024

24 ސެޕްޓެންބަރު 2024
ހޯދާ