ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސުކޫލުންދޭ މައުލޫމާތާއި އެއްގޮތަށް، ސްޓާފް ރޫމް އަދި އޮފީސް ސީލިންގް މަރާމާތު ކުރުމާއި ކަރަންޓް ވައިރިންގ ބަދަލުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024ސެޕްޓެމްބަރ 24 އިން 2024 ސެޕްޓެމްބަރ 26 އަށް ބަންދުނޫން ދުވަހަކު 9:15 އިން 12:15 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ސެޕްޓެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ސެޕްޓެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.
- ބިޑް ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯކައިދޫ ސްކޫލް
ށ.ފޯކައިދޫ
ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.
ފޯން: 6540542
އީ-މެއިލް:[email protected]
ކޮޕީ އީ-މެއިލް: -
24 ސެޕްޓެންބަރު 2024
ހޯދާ