| 
 މަޤާމް: 
 | 
 މެޑިކަލް އޮފިސަރ 
 | 
| 
 ކްލެސިފިކޭޝަން:  
 | 
 މެޑިކަލް ސަރވިސް 
 | 
| 
 ރޭންކް: 
 | 
 އެމް.އެސް 4 (މެޑިކަލް ސަރވިސް 4) 
 | 
| 
 މުސާރަ: 
 | 
 މަހަކު -/15,090 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު  -/3,500 ރުފޔާ 
 | 
| 
 ނޮން ޕްރެކްޓިސް އެލަވަންސް: 
 | 
 މަހަކު  5,281.50 ރުފިޔާ 
 | 
| 
 ފުޑް އެލަވަންސް: 
 | 
 މަހަކު -/1800 ރުފިޔާ 
 | 
| 
 ލިވިން އެލަވަންސް: 
 | 
 މަހަކު -/2500 ރުފިޔާ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:       
 | 
 މާފުށި ޖަލު، އައްސޭރި ޖަލު، އަދި ހުޅުމާލެ ޖަލު 
 | 
| 
 މަޤާމުގެ ޤިންތި: 
 | 
 ދާއިމީ/ ކޮންޓްރެކްޓް 
 | 
| 
 ފެންވަރު ނުވަތަ ޝަރުތު:                   
 | 
 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
 
-  ދިވެހި ރައްޔިތެއް ނަމަ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
 
-  މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން.
 
-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
 
- ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.
 
 
  
  
 | 
| 
 މަޤާމުގެ މަސްޢޫލިއްޔަތު: 
  
 | 
- ފަރުވާދެވޭ ބަލިމީހާގެ ބައްޔާބެހޭގޮތުގެ މަޢުލޫމާތު އަހާ އޮޅުންފިލުވުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީހާގެ ހާލަތު މުރާޖައާކޮށް، ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރިކޯޑްކޮށް ފައިލްކުރުން
 
- ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އަކަށޭނެ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު ފަރުވާތެރިކަމާއި އެކު އެ ފަރުވާ ބަލިމީހާއަށް ފޯރުކޮށްދިނުމާއި، ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
 
- ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން
 
 
  
 | 
| 
 މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް: 
 | 
- ތަޢުލީމީ ފެންވަރު.
 
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 
- އިންޓަރވިއު
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  
 | 
- ވަޒީފާއަށް އެދޭ ފޯމް
 
- (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (މ.އަޑު ބިލްޑިންގ) ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. ބިދޭސީ ނަމަ ފުރާނީ ބިދޭސީންނަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ތައްގަނޑުޖެހި ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
 
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
 
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
 
- ޕޮލިސް ރިޕޯޓް (ދިރިއުޅޭ ޤައުމެއްގެ)
 
- ބިދޭސީއެއްނަމަ ފުރާފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމް
 
- ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
 
  | 
| 
 ސުންގަޑި: 
  
 | 
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 01 އޮކްޓޫބަރު 2024 ވަނަ ބުދަ ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( އަޑު ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
 
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ އެކު  [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
 
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
 
 
  
 | 
| 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް: 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ބަންދު ނޫން ކޮންމެ ދުވަހު 08:00 ން 16:00 އަށް ގުޅުއްވާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ. 
  
 | 
| 
 (ފޯމާއެކު ރިސެޕްޝަނަށް ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުލާ ނަންބަރު ޖަހާފައެވެ. އަދި އިއުލާނާއި ގުޅިގެން ފޯމް) 
 |