ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ބިލެތްފަހި ރަމްޒުކޮށްދޭ މޮނިއުމެންޓް ގެ އަކުރުތައް ހަދައިދީ މިކައުންސިލަށް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ . ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ބީލަން ފޯރމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަމްބަރ:18/20214 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނުނަމްބަރ:19/20214 ) ގެ ދަށުންވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ .
މި މަސައްކަތް ކޮށްދެއްވުމަށް ސައުޤުވެރިވެލައްވާފަރާތްތަކުން މި ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމަށް ، 2024 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއިން ދޫކުރާ ރަޖިސްޓްރީ ވުމަށްއެދޭ ފޯރމް ފުރިހަމަކުރައްވާ ހުށަހެޅުއްވުންއެދެމެވެ . ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ .
މި މަސައްކަތާއިބެހޭގޮތުން މައުލޫމާތު ސާފްކޮށްދިނުން އޮންނާނީ ، 2024 ސެޕްޓެމްބަރ 25 ވާ އަންގާރަ ދުވަހުގެ 13:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ . ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 01 ވާ ބުދަ ދުވަހުގެ 13:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާއަށެވެ . ބީލަން ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އަގު ހުށަހަޅުއްވާފަރާތުގެ ސިޓީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާރޑްގެ އަސްލު ގެންނަވަންވާނެއެވެ .
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.