ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، މިރަށުގެ ބަނދަރު ސަރަހައްދުގައި ބިނާކުރުމުގެ މަސައްކަތް ކުރެވެމުންދާ މިސްކިތުގެ މުންނާރުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވި ބީލަމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ މިއިޢުލާނާއި އެއްގޮތަށް ނަންނޯޓްކޮށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، 2024 އޮކްޓޯބަރ 3 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް، [email protected] ނުވަތަ މި އިދާރާގެ ވައިބަރ ނަންބަރު 7380052 މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ނަންނޯޓް ކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެއެވެ.
މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުމެއް 2024 އޮކްޓޯބަރ 3 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ކަތުދާހާއި ކުރެހުމުގައި ހިމެނިފައިވާ ކަންކަން ތަފްސީލުކޮށްދިނުމާއި ބީލަމާއި ގުޅިގެން ސުވާލުކުރުމާއި މައުލޫމާތު އޮޅުންފިލުން އޮންނާނެއެވެ.
މި ބީލާމާއި ގުޅިގެން މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް؛
- މިސަކިތުގެ މުންނާރުގެ ތަނބުތައް ޖެހުމާއި ކޮންކޮރީޓް މަސައްކަތް.
- މުންނާރުގެ ރާންނަޖެހޭ ބައިތައް ރޭނުމުގެ މަސައްކަތް.
- ސިމެންތިޖެހުމާއި ހަރުގަނޑު ހެދުން.
- މުންނާރުގެ ޕެޓާން (ނަމޫނާއާއި އެއްގޮތަށް) ހަދައި ހަރުކުރުން.
- ކުލަލުމާއި ފިނިޝިންގެ މަސައްކަތްތައް.
މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ތިރީގައި މިވާ ނަންބަރު ތަކާއި ގުޅުއްވުން އެދެމެވެ. ނުވަތަ ލިޔުމުން މި އިދާރާއަށް ފޮނުވުން އެދެމެވެ.
- 6580052 – ކައުންސިލް އިދާރާގެ ރަސްމީ ފޯން ނަންބަރު.
- 9122102 – އިމްރާން ޝަރީފް (ކައުންސިލް އެގްޒެކެޓިވް).
- އީމެއިލް: [email protected]
މި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން މާލިއްޔަތު ޤަވައިދުގެ ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާ ފަރާތުން ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހުށައަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާފޮމަންސް ގެރެންޓީ ހުށައަޅާނީ 500,000.00 (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތީގެ ބީލަންތަކަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދި މި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ ބީލަންފޮތާއި އެއްގޮތަށް ބީލަން/ބިޑް ތައްޔާރުކުރެއްވުމަށްފަހު މި ކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅިގެން ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. 2024 އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ފަހުން ބީލަން ހުށައެޅުމަށް ވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.