ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާއަށް 2024 ޑިސެމްބަރ 31 ގެ ނިޔަލަށް 35000 އިން ދަށުގެ ޙިދުމަތާއި ކައުންސިލަށް ބޭނުންވާ ތަކެތި މި އިދާރާއަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޫބަރު 2024 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/gjHYKvYteg3nNmL17
ރަޖިސްޓަރވާން ހުށަހަޅާ ފަރާތަކީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާގެ މުވައްޒަފަކާ ގުޅުމެއް (ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދު 10.71 ގެ ( (ހ) އަދި (ށ) ގައި ބަޔާންކުރާ "ކްލޯޒް ރިލޭޓިވް" ނުވަތަ "ކްލޯޒް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް) އޮތްކަމުގައި ވާނަމަ، އެފަރާތަކުން މި ރަޖިސްޓުރީގައި ބައިވެރި ނުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ
ފޯން: 6520043
އީ-މެއިލް: [email protected]