ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު އިން ދީފައިވާ ކުރެހުމަކާއި އެއްގޮތަށް ހެލްތް ސެންޓަރ ޕޯޓިކޯގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލް އިދާރާގެ ނަންބަރު: (IUL)325-ES/325/2024/41 (27 ޖޫން 2024) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓްގައިވާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން https://forms.gle/WHVUS1sQkwGuC8px7 މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑްއިންފޯމޭޝަން ޝީޓް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރޭޝަންގައިވާ އީމެއިލްއަށް ފޮނުވާދެވޭނެއެވެ. މި ބިޑުގެ މައުލޫމާތު ސެޝަން އޮންނާނީ 09 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 13.00 ގައި ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 އެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ބ.ގޮއިދޫ ހެލްތް ސެންޓަރ ޕޯޓިކޯ ހެދުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ.
މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މިއެސްޓިމޭޓްގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކުން ބިޑާއި ގުޅިގެން ބޭއްވޭ އެއްވެސް ބައްދަލުވުމަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް ހަމަޖެއްސި ލިޔުމާއި އައިޑީ ކާޑް ކޮޕީ ބައްދަލުވުން ފެށުމުގެ ކުރިން ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
80% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
10% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted
|
ތަޖުރިބާ |
10% |
v ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް ) |
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވ