ދިވެހިރާއްޖެ
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ލ.ކުނަހަންދޫ މަސްޖިދުލް ނަޙްޟާ ( ކުޑަ މިސްކިތް) 4އާއި މަސްޖިދުލް މުސްޢަބު ބިން ޢުމައިރު (ބޮޑު މިސްކިތް) ގެ 2 އޭ.ސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން މި އިދާރާގެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ހުށަހަޅާނަމަ ފޮނުވާނީ [email protected] މެއިލަށެވެ. މި މަސައްކަތައް އެދި ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ނަންބަރު 9995970 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެއެވެ.
19 ރަބީޢުލް އައްވަލް 1446
22ސެޕްޓެމްބަރ 2024