މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށަށް ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ތަކެތި ގެންގޮސްދިނުމާބެހޭ

އިޢުލާން

ބ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށަށް ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ތަކެތި ގެންގޮސްދިނުމާބެހޭ

   ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އޭދަފުށި ފިޔަވައި އެހެން ހުރިހާ ރަށަކަށް ސޯލާ ޕެނަލްއާއި އެމަސައްކަތާއިގުޅޭ އެހެނިހެން ބައެއް ސާމާނު އެރަށަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ އިއުލާން ނަންބަރު:(IUL)230-AHI/230/2024/63  އާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އިއުލާން ބާތިލު ކުރުމަށްފަހު އަލުން ކޯޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

   ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ފޮނުއްވާނަމަ، [email protected] އަށް 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13.00 ކުރިން ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602537 އަށް ގުޅުއްވުން އެދެމެވެ.

                        19 ރަބީއުލްއައްވަލް 1446

22 ސެޕްޓެންބަރު 2024
ހޯދާ