ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވިޔަ މޮޑިއުލް ސާރވިސްކޮށް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 ވިޔަ މޮޑިއުލް ސާރވިސްކޮށް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އޮތޯރިޓީގެ ނަންބަރު: (IUL)221-ASS/221/2024/27 އިއުނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ، އެ އަންދާސީ ހިސާބުތައް ބާތިލްކޮށް އެމަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތުގެ އިތުރު ތަފްސީލާއި، ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މި އިއުލާނާއި އެއް ހީރަސްކޮށްފައިވާ ޓީ.އޯ.އާރްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ސެޕްޓެމްބަރ 22 ވާ އާދިއްތަ ދުވަހުން ފެށިގެން 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/RK2YwDhGwc

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2024
ހޯދާ