ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ ކުޑަކުދިންގެ ޕާކްގައި ކުރަންޖެހިފައިހުރި ބައެއްކަހަލަ މާރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)366/2024/51 ގެ އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން މިމަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ރަޖިސްޓަރީ ކުރުން.
ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ބިޑު ހުށަހެޅުމާއި، ހުޅުވުން.
ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 06 އޮކްޓޯބަރ 2024 ވަނަ ދުވަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.