ދިވެހިރާއްޖެ
ޕްރޮޖެކްޓް: ބިލްޑިންގ ކްލައިމެޓް ރިޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް
މަސައްކަތުގެ ބާވަތް: ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދުމަށް
އިއުލާން ނަންބަރ: (IUL)438-ENV/438/2024/412
"ބިލްޑިންގ ކްލައިމެޓް ރެޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުއަކީ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން، ހަތަރު ރަށެއްގައި ދެހެއްޓެނިވިގޮތެއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ކަންކަން ހިންގުމަށްވަނީ ރޭވިފައެވެ. މިގޮތުން، މި މަޝްރޫޢުގެ ދަށުން ހިންގަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޕްރޮކިއުމަންޓް އަދި ކޮންޓްރެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ.
މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި ޢިއުލާނާއެކު ޑައުންލޯޑު ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުރުން
މި މަސައްކަތާއި ގުޅޭގޮތުން އިތުރުމައުލުމާތު ސާފުކުރަން ބޭނުންވާނަމަ، އީ-މެއިލް ކުރާނި 2024 އޮކްޓޯބަރ 02 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީ-މެއިލް ކުރާއިރު ސުރުހީގައި އިޢުލާން ނަންބަރު، މަޝްރޫގެ ނަން އަދި މަސައްކަތުގެ ބާވަތް ސާފުކޮށް ލިޔަންވާނެއެވެ.
އީ-މެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
ބީލަން ހުށަހެޅުން
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 އޮކްޓޯބަރ 13 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ބީލަން ތިރީގައިވާ އެޑްރެހަށް، ތިރީގައިވާ މައުލޫމާތު ހިމަނައި ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ ސީލްކޮށްފައިވާ އުރައެއްގައި ބަންދުކޮފައެވެ. ސިޓީ އުރައިގެ ބޭރުގައި، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައިއޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅަންވާނި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސްކޮށްފައެވެ.
Do not open before 13th October 2024 at 1005 hrs. (IUL)438-ENV/438/2024/412) Consultancy Service for the Procurement and Contract Management (National) (Individual) and submitting party’s name and address.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ހުށަހެޅުންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ..