މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ޑްރައިވަރެއް ބޭނުންވެއްޖެ.

އިޢުލާން

 

ވަގުތީ ޑްރައިވަރެއް ބޭނުންވެއްޖެ.

 

މި އިދާރާގެ ދަށުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓްގެ ޕިކަޕް ދުއްވާނެ ވަގުތީ ޑްރައިވަރެއް ބޭނުންވެއްޖެއެވެ.

 

  • މަޤާމް:              ޑްރައިވަރ (ވަގުތީ)
  • މަޤާމުގެ މުއްދަތު :       3 (ތިނެއް) މަސްދުވަސް
  • މުސާރަ :             3750ރ (މަހަކު)
  • ސަރވިސް އެލެވަންސް :   3750ރ (މަހަކު)
  • ރިސްކު އެލަވަންސް :     500ރ (މަހަކު)
  • މަސައްކަތު ގަޑި:        ހުކުރުދުވަސް ފިޔަވައި، ހަފްތާގެ 6 ދުވަހު ހެނދުނު 6:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު މަސައްކަތު ގަޑިއަކީ 2 ގަޑިއިރެވެ. އަދި ހަމަޖެހިފައިވާ މަސައްކަތު ގަޑީގެ އިތުރުން،  ކުރާމަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި ލިބޭނެއެވެ.

 

  • މަޤާމުގެ ޝަރުޠު :       މަސައްކަތް ކުރުމުގެ ޖިސްމާނީ ކުޅެދުންތެރިކަން ހުރުމާއެކު، އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތި ދުއްވުމުގެ C2 ކެޓަގަރީގެ ލައިސަންސް އޮތުން.

 

  • މައިގަނޑު މަސްޢޫލިއްޔަތުތައް:
  1. ކުނި ނަގާ ދުވަސްތަކުގައި އެމަސައްކަތް ނިމެންދެން ޕިކަޕް ދުއްވުން.
  2. މަސައްކަތް ނިމުމުން، މުވައްޒަފުން ލައްވާ ޕިކަޕް ދޮވެ ސާފުކުރުވުން.
  3. ޕިކަޕްގެ ތެޔޮ ބަލާ ޗެކް ކުރަމުން ގެންދިއުމާއި، އިދާރާއިން އަންގާ ގޮތެއްގެ މަތީން ތެޔޮ އެޅުމުގެ އިންތިޒާމް ހަމަޖެއްސުން.
  4. ޕިކަޕަށް ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރަމުން ގެންދިއުން.
  5. ކުނި ނެގުމުގެ މަސައްކަތް ކުރާ މީހުންގެ މަސައްކަތްތައް ބެލެހެއްޓުމާއި، މަސައްކަތާގުޅިގެން އެމީހުނަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

 

  • ·      ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. މަސއްކަތާ ގުޅުންހުރި ތަޖުރިބާ އަންގައިދޭ ލިޔުންތައް.
  5. ލިބިފައިވާ އެހެނިހެން ސެޓްފިކެޓްތައް.

 

  • މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް: މި މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ.

 

  • ·      މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
  1. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރ 2024 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
  2. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

  • އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ އަލިފުށީ ކައުންސިލްގެ އިދާރާ ގައެވެ. އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

16 ރަބީޢުލްއައްވަލް 1446

19 ސެޕްޓެންބަރު 2024
ހޯދާ