ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/322 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM TVM Pro/2024/154 |
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނިން 1446 ވަނަ އަހަރުގެ ރަމަޟާންމަހަށް އުފެއްދުމަށް ހަމަޖެހިފައިވާ 06 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއަކަށް ވާހަކަ (ސްޓޯރީ) ، ސްކްރީންޕްލޭ އަދި ތީމް ސޯންގ(ޅެން) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވާހަކަ(ސްޓޯރީ) ، ސްކްރީންޕްލޭ އަދި ތީމް ސޯންގ (ޅެން) ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ވާހަކަ ވާންވާނީ ލޯބީގެ ރީތި މި ޒަމާނަށް ފެތޭ ޙާއްސަކޮށް މިހާރުގެ ޒުވަނުންގެ ދިރިއުޅުން ދައްކުވާދޭ، މުޖުތަމައުގައި ހުންނަ އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ އޭގެން އިބްރަތް ލިބޭ ކަހަލަ ވާހަކައަކަށެވެ.
- ޑްރާމާގެ ތީމް ސޯންގ (ޅެން) ވާންވާނީ ވާހަކައާއި ގުޅޭ އަސަރުގަދަ ރީތި ޅެމަކަށެވެ
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ތިރީގައި ދެންނެވިފައިވާ މެއިލްއަށް އަގާއި މަސައްކަތް ނިމޭނެ މުއްދަތު އެނގޭގޮތަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ.
ކޯޓޭޝަން މެއިލް ކުރާނީ: [email protected]
16 ރަބީޢުލްއައްވަލް 1446
19 ސެޕްޓެމްބަރ 2024