ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި މިހާރު ޖަހައިފައި ހުރި މަގުބައްތިތަކާއި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ޖަހާން ނިންމައިފައި ހުރި މަގުބައްތިތައް ސޯލާ ރޯޑު ލައިޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ [ސޯލާ ރޯޑު ލައިޓް] ސަޕްލައިކޮށްދެއްވާނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.
ބޭނުންވާ ލައިޓުގެ ސްޕެސިފިކޭޝަނާއި ބޭނުންވާ އަދަދު، މި އިޢުލާނާ އެކު ޝާއިޢުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި އެ ވަނީއެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2024 ސެޕްޓެންބަރު 30 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ
https://forms.gle/NCotDKr4NqiiTH3e7
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 500.00ރ. (ފަސް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2024 ސެޕްޓެންބަރ 30 ވާ ހޯމަ ދުވަހު މެންދުރު ފަހު 1:00 އިން ފެށިގެން 2024 އޮކްޓޫބަރު 9 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2024 އޮކްޓޫބަރު 16 ވާ ބުދަ ދުވަހު މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ވިޔަފާރިއަކުން އެ ވިޔަފާރިއެއްގެ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ، އެ މީހާ ފޮނުވާނީ އެ ކަން އަންގައިދޭ ސިޓީއަކާ އެކު ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް |
7217070 |