ދިވެހިރާއްޖެ
ޒުވާނުންގެ ދުވަހާއި ގުޅިގެން 10 ސެޕްޓެމްބަރ 2024 ގައި މި މިނިސްޓްރީއިން ކުރެވުނު ނަންބަރު (IUL)493-YE/493/2024/128 އިޢުލާންއަށް ހަވާލާދީ ދަންނަވަމެވެ. އިޢުލާންގައިވާ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ ، މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ގޫގުލް ލިންކް https://forms.gle/nL5K5ZRqWNc6dy9z9 މެދުވެރިކޮށް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓްއިން ފޯމް ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ. އަދިހަމަ އެއާއެކު އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނޭ ވާހަކަ ދަންނަވަމެވެ.
މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.