ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2024/343
އިޢުލާން
ށ.މާއުނގޫދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނީގެ ށ.މާއުނގޫދޫބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް 01 އަހަރުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2024/168 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ކުންފުނީގެ ށ.މާއުނގޫދޫބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ށ.މާއުނގޫދޫބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.