ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ - ނޭޝަނަލް ޑްރަގް އޭޖެންސީ

މަޤާމް :SENIOR LEGAL OFFICER
ބޭނުންވާ އަދަދު :1

ސީނިއަރ ލީގަލް އޮފިސަރ

އިޢުލާން

މަޤާމު:

ސީނިއަރ ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-346615

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީ.އެސް 11 (ގްރޭޑް 2 އިން 5 އަށް)

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އެޖެންސީ

މުސާރަ:

11830.00 ރުފިޔާ

ސަރވިސް އެލަވަންސް:

3600.00 ރުފިޔ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. (ތިރީސްފަސް އިންސައްތަ)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ރިސްކު އެލަވެންސް
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މައްޗަށް މެންޑޭޓްކޮށްފައިވާ އެންމެހާ މަސައްކަތްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ޑިވިޝަން ހެޑްގެ މަޝްވަރާއާއި ލަފާގެ މަތީން ވިލަރެސްކޮށް ރާވާ ހިންގުން
  2. ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރުކުރެވިފައިވާ ފަރާތްތަކުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާހޯދާ ފަރާތްތަކުގެ ކޭސްތަކާއި ގުޅޭގޮތުން ޑްރަގް ކޯޓާއި އެނޫންވެސް ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކުގައި ކުރިޔަށް ގެންދާ މައްސަލަތަކުގައި ނޭޝަނަލް ޑްރަގް އޭޖެންސީ  ތަމްޞީލުކުރުމާއިއެކު، އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތައް ފަރުވާދޭ މަރުކަޒުތަކަށް އަންގައި، ޑްރަގް ކޯޓް ނިޒާމުގެ ތެރެއިން ހިނގާ ފަރުވާގެ ކަންތައްތައް ފަރުވާދޭ މަރުކަޒުތަކާއި ހަމަޔަށް ފޯރުކޮށްދިނުން.
  3. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިނގާ އެންމެހާ ޑިވިޝަން، ސެކްޝަން އަދި ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅިގެން އެފަރާތުން ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން ޤަވާޢިދާއި ޚިލާފް ކަންތައްތައް ކުރާ ފަރާތްތައް ޖަލުގައި ބަންދުކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެފަރާތްތަކުގެ މައްޗަށް ޑްރަގް ކޯޓު މެދުވެރިކޮށް ނެރެންޖެހޭ ޖަލަށްލުމުގެ އަމުރު ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  4. ޑްރަގް ކޯޓާއި، ދިވެހިރާއްޖޭގެ ޝަރުޢީ އެހެނިހެން ކޯޓުތަކާއި އަދި ޓްރައިބިއުނަލްތަކުގައި ނޭޝަނަލް ޑްރަގް އޭޖެންސީ ތަމްޞީލުކުރުން.
  5. މަސްތުވާތަކެއްޗާއި ގުޅުންހުރި ކަންތައްތަކުގައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުގެ ތެރެއިން ނޭޝަނަލް ޑްރަގް އޭޖެންސީއާއި ގުޅުންހުރި ސިޔާސަތުތައް ދެނެގަނެ، އެސިޔާސަތަކާއި ގުޅޭ މަޢުލޫމާތު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކަމާއިބެހޭ ޑިވިޝަން/ސެކްޝަންތަކަށް ފޮނުވުމާއި އެ ސިޔާސަތުތައް ޙާޞިލްކުރެވެމުންދާ މިންވަރު ބެލުން.
  6. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޛް ކުރަމުންދާ މިންވަރު ވަޒަންކޮށް ކަމާއިބެހޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް އެކުލަވާލުން.
  7. އަމިއްލަ ފަރާތްތަކާއި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ފަރުވާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފަރުވާއާއި ގުޅޭ ލީގަލް ކޮމްޕޯނެންޓްއާއި ގުޅޭ އެންމެހާ މަސައްކަތްތައް ލީގަލް ސެކްޝަނުން ކުރެވޭނެގޮތުގެ އެންމެހާ އިންތިޒާމްތަކާއި ގުޅޭ މަސައްކަތްތައް ކުރުން.
  8. ފަރުވާ އަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކުގެ ފަރުވާއާއި ގުޅިގެން ޑްރަގް ކޯޓަށް ފޮނުވަންޖެހޭ ފޯރމްތަކާ ލިޔެކިޔުންތައް ފޮނުވުމާއި، އެކަމާއި ގުޅިގެން އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީ/ފޯމްތަކަށް ލީގަލް ސެކްޝަނުން ޖަވާބުދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އެމަސައްކަތްކުރުން.
  9. ރާއްޖޭން ބޭރު ފަރުވާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކުގެ ލީގަލް ޕްރޮސެސްއާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް އެމަސައްކަތްތައް ހިނގާގޮތް ބެލެހެއްޓުން.
  10. ސަރުކާރުގެ މުވައްސަސާ ތަކުންނާއި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ކުށުގެ ރިކޯރޑް ސާފުކޮށްދިނުން.
  11. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ސަރުކާރުގެ އެކިއެކި މުވައްސަސާތަކުން ނޭޝަނަލް ޑްރަގް އޭޖްންސީއަށް ފޮނުވާ ސިޓީތަކުގެ ތެރެއިން ލީގަލް ސެކްޝަނާއި ގުޅޭ އެންމެހާ ސިޓީތަކަށް ޖަވާބު ދިނުން.
  12. ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން.
  13. ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ސުޕވައިޒްކުރުމުގެ މަސައްކަތްތަކާއި ޕާފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތް ރާވާ ހިންގުން.
  14. ނޭޝަނަލް ޑްރަގް އޭޖެންސީން އެކި ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުންތަކާއި އެމްއޯޔޫތައް ތައްޔާރުކުރުން.
  15. ލީގަލް ކްލިނިކްގެ ޚިދުމަތް ކްލައިންޓުންނާއި، ބެލެނިވެރިން އަދި އެކަމަށް އެދޭ އެހެނިހެން ފަރާތްތަކަށް ދިނުން.
  16. މަސްތުވާތަކެއްޗާއި ބެހޭ ޚާއްސަ ޤާނޫނުގެ ބެލެނިވެރި އިދާރާގެ ހައިޞިއްޔަތުން، އެ ޤާނޫނުގައި ބަޔާންކުރާ ކަންކަން، ދައުލަތުގެ ކަމާއިގުޅުންހުރި އިދާރާތަކާއި، ދައުލަތާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ފަރުވާދޭ މަރުކަޒުތަކާއި، ތަންފީޛު ކުރަމުންދާ މިންވަރު ބެލުމާއި، ޤާނޫނު ތަންފީޛު ކުރުމަށް ބާރުއަޅާ، މިކަންކަމާއި ގުޅޭ މަޢުލޫމާތު ޑިވިޝަން ހެޑް އަދިސީއީއޯގެ ސަމާލުކަމަށް ގެނައުމާއިއެކު ކަމާއި ގުޅޭ ރިޕޯޓްތައް އެކުލަވާލުން.
  17. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ރޭންކް/ގްރޭޑް

އަސާސީ ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް ދުވާލަކަށްޖެހޭ ރޭޓް30x ދުވަހަކަށް

ސީނިއަރ ލީގަލް އޮފިސަރ

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

CS11-5

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 11-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

13710.00

188.00-120.00

CS11-4

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 11-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

13090.00

188.00-120.00

CS11-3

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 11-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

12460.00

188.00-120.00

CS11-2

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

11830.00

188.00-120.00

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ލޯ

- ޝަރީޢާ އެންޑް ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާއިންނާއި، އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 16:00ގެ ކުރިން އީމެއިލް [email protected]މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 03އޮކްޓޫބަރ 2024 ވާ ބުރާސްފަތި ގައި ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ނޯޓް

ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

      

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                                14 ރަބީޢުލްއައްވަލް 1446

                                17 ސެޕްޓެންބަރ 2024

17 ސެޕްޓެންބަރު 2024
ހޯދާ