ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އިޢުލާން ނަމްބަރު:(IUL)93-OS/1/2024/28
މިސަރވިސްގެ 02 ވެހިކަލް މަރާމާތު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިސަރވިސްއިން ހުޅުލޭގައި ދުއްވާ ތިރީގައި މިބަޔާން ކުރާ ވެހިކަލްތައް މަރާމާތުކޮށްދޭނެ ފަރާހޯދަންބޭނުންވެގެން 2024 މާރިޗު 07 ވަނަދުވަހުކޮށްފައިވާ ނަމްބަރު (IUL)93-OS/1/2024/14 އިޢުލާނު ކުރިފަހުން ވެހިކަލުގައި ކުރަންހުރި މުހިންމު މަސައްކަތެއް ފާހަގަ ކުރެވިގެން އެކަން ކުރުމަށްޓަކައި އެޢިއުލާން ބާޠިލުކޮށް ތިންވަނަފަހަރަށް އަލުން އިޢުލާންކުރަމެވެ.
- ރަޖިސްޓްރީ ނަމްބަރު G2379 C1 ޕިކަޕް
- ރަޖިސްޓްރީ ނަމްބަރު G5458 B1 ޖީޕް
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 18 ވަނަދުވަހުން ފެށިގެން 2024 ސެޕްޓެމްބަރ 22 ވަނަ ދުވަހު ހެނދުނު 09:00 އާއި 11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މީގެ އިތުރުން މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.
ބީލަން ހުށަހެޅުން އަދި ހުޅުވަން ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 1 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިސަރވިސްގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
14 ރަބީޢުލްއައްވަލް 1445