ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ސައިޓް ސުޕަވައިޒަރ
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ސައިޓް ސުޕަވައިޒަރެއް ހޯދުމަށް 8 އޯގަސްޓު 2024 ގައި ކުރެވުނު ނަންބަރު (IUL)438/1/2024/27 އިއުލާނަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ އެއްވެސް ފަރާތެއް ޝަރުތުހަމަވެފައިނުވާތީ، އެ އިއުލާން ބާތިލްކޮށް އެސްޕަޔަރ ޕްރޮޖެކްޓަށް ސައިޓް ސުޕަވައިޒަރ މަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ސައިޓް ސުޕަވައިޒަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެސްޕަޔަރ ޕްރޮޖެކްޓާއި ގުޅޭ ސައިޓްތަކުގައި އިމާރާތްކުރުމުގެ ހަރަކާތްތަކާއި ކުރެވޭ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ބެލުމެވެ. އަދި އެހެނިހެން ޒިންމާތަކުގެ ތެރޭގައި، އިމާރާތްކުރުމުގެ މިންގަޑުތައް ހިފަހައްޓާވަރު ބެލުމާއި މަސައްކަތާއި މަސައްކަތްތެރިކަމުގެ ފެންވަރުބެލުން ހިމެނެއެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:
- އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން؛
- އާންމު އިމާރާތްކުރުމުގެ މަސައްކަތުގެ މަދުވެގެން 2 އަހަރުގެ ތަޖުރިބާ އާއި މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން؛
- އިމާރާތް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ހުރުން؛ އަދި
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3019219
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.