ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވެފައިވާ މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި މިފަހަރު އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅު ދިއްގަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، ދިއްގަރު ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، މުލަކަތޮޅު ދިއްގަރުގެ ކުލަބު/ޖަމްޢިއްޔާތަކުން، 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން، ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
- ފޯމު ލިންކް: https://forms.gle/2b6oC5LyHtW6nrURA