ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހުޅުމާލޭ ސިނާޢީ ސަރަޙައްދުގައި ހިންގާ ފެޑް ސެންޓަރގައި އެކަމަޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)30/C30/2024/120އިޢުލާނުގެ އަންދާސީ ޙިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި މިނިސްޓްރީގެ ދަށުން ހުޅުމާލޭ ސިނާޢީ ސަރަޙައްދުގައި ހިންގާ ފެޑް ސެންޓަރގައި އެކަމަޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)30/C30/2024/120އ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާއި ގުޅިގެން އެ ބީލަމުގެ ބީ.އޯ.ކިއު އަށް ބަދަލުތަކެއް އައިސްފައިވާތީ މި މަސައްކަތުގެ އަންދާސީ ޙިސާބު ހުށަހެޅުމުގެ މުއްދަތު 23 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުން |
23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected] އަށްމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3339255ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
17 ސެޕްޓެމްބަރ 2024މ