ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދުމާބެހޭ

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) އިން ޓީ.އައި.ޒެޑް އެކްސެސް ރޯޑް ނަމުގައި މަޝްރޫޢެއް އެކުލަވާލައިގެން ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) އާއި ތިލަފުށި-1 އާ ގުޅުވައިދޭ ކޯޒްވޭ އިތުރަށް ފުޅާކޮށް، ޕޭވްކުރެވިފައިވާ މަގެއް ހެދުމާއި ތަރައްޤީ ކުރުމަށްޓަކައި ހަދަންޖެހޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސަސްމަންޓް (އީ.އައި.އޭ) ހެދުމަށް މިކޯޕަރޭޝަނުން ބޭނުންވެގެން ކުރި އިޢުލާން (ނަންބަރުTCL/PROC-TA/2015/015) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީބިޑ ބައްދަލުވުން، އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

16 ޖޫން 2015

10:00 ގައި

ޕްރޮޕޯޒަލް ހުށަހެޅުން އަދި ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

24 ޖޫން 2015

11:00: ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާގުޅޭ:

  • ޕްރޮޕޯޒަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަގެކެވެ.
  • ޕްރޮޕޯޒަލް ހުށަހަޅަނީ އީ.އައި.އޭ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރުދެއް ނަމަ އެފަރާތުގެ ފުރިހަމަ ވަނަވަރު ހިމަނަންވާނެއެވެ.
  • ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯޒަލްްތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑްގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ޕްރޮޕޯޒަލްް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ޕްރޮޕޯޒަލް ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ޕްރޮޕޯޒަލަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ