ދިވެހިރާއްޖެ
އއ. މާޅޮހު އެރޯމާގެ ހުޅަނގުން އޮތް ހުސްބިން ސަރަހައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
މިރަށު އެރޯމާގެ ހުޅަނގުން އޮތް ހުސްބިން ސަރަހައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް މި އިދާރާއިން ކުރި އިއުލާން ނަންބަރު (IUL)345-CAA/345/2024/51 ގައި މައުލޫމާތާއި ގުޅޭ މައްސަލަތަކެއް ހުރުމުން އެ އިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން:
މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރަޖިސްޓަރ ކުރަންވާނެއެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2024 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުގައެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަސައްކަތު ދާއިރާގައި ކޮންސްރަކްޝަން ހިމެނިފައިވާން ވާނެއެވެ.
ބިޑްހުށަހެޅުން.
މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2024 (ހޯމަ) ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: މެއިލްމެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 23 ސެޕްޓެމްބަރ 2024 (ހޯމަ) ދުވަހުގެ 12:00ކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.