ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މަސައްކަތުގެ ތަފުސީލު
ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ ހިނގަމުން އަންނަ ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން އޭރިއާގައި ތިރީގައިވާ މަރާމާތުތައް ކުރުން:
- ބިތުގައި ކުލަލުން
- ބިތުގައި ލަކުޑިފަތި ހަރުކުރުން
- ބިތުގައި ކޮމިޝަނުގެ ލޯގޯ ހަރުކުރުން
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:30 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:30 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv