މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމަށްޓަކައި، މި އިމާރާތުގެ ބައެއް މަރާމާތުތައް ކުރުމާއި ކައުންޓަރ ހަދައިދިނުމުގެ މަސައްކަތް

 

ޕްރޮޖެކްޓް ނަންބަރ:PC-227/2024/P-09                                                     އިޢުލާން ނަންބަރ:   227-AD-PM/227/2024/43 (IUL)

 

ބިޑު ހުށައެޅުމުގެ ދަޢުވަތު

 

  1. މި އިދާރާގެ ނަންބަރ (IUL)227-AD-PM/227/2024/40 (01 ސެޕްޓެމްބަރ 2024) ޢިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ، އެ ޢިއުލާން ބާތިލްކޮށް މި އިދާރާގައި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމަށްޓަކައި، މި އިމާރާތުގެ ބައެއް މަރާމާތުތައް ކުރުމާއި ކައުންޓަރ ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތްތަކަށް ބިޑު ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަރިލާފަރާތް ތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާނެއެވެ.   

  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް  މި އިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv)  އިޢުލާނާއި އެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 18 ސެޕްޓެންބަރ 2024ވާ ބުދަ ހެނދުނު 10:00ގައި މިއިދާރާގައި އޮންނާނެއެވެ.

  4. ބިޑު ހުށައެޅުން އޮންނާނީ  ‏2024‏ ސެޕްޓެމްބަރ‏ 25ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑުތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

  5. ހުށައަޅާ ބިޑުތައް ވަޒަންކުރާނޭ މިންގަނޑާއި، ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު ތަކާއި އިތުރުމައުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

 

ފޯން:       6540400، 6540463

 

އީމެއިލް:     [email protected]

 

ކޮޕީ:      [email protected]

 

  

 

‏16‏ ސެޕްޓެމްބަރ‏ 2024

 

 

16 ސެޕްޓެންބަރު 2024
ހޯދާ