ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ގައި އަލަށްދޫކުރި ގޯތިބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލުން

ހއ. ބާރަށުން ދިރިއުޅުމަށްޓަކައި 12 ސެޕްޓެމްބަރ 2024 ގައި ދޫކުރި ބަންޑަރަ ގޯތި ދޫކުރި އިރު ގޯތި ލިބުނު ފަރާތްތަކުން އެފަރާތަކަށް ލިބުނު ގޯތި، ގޯތި ލިބުނު އެހެންފަރާތަކާއި ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 16 ވަނަ ދުވަހުން ފެށިގެން 16 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިދަންނަވާގޮތަށް މިކައުންސިލަށް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • ގޯތި ބަދަލު ކުރާ ދެފަރާތުގެ ސިޓީ.
  • ގޯތި ބަދަލުކުރަން ހުށަހަޅާ ދެފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  • އީމޭލް ކުރައްވާނަމަ [email protected] އަށް މޭލްކުރެއްވުން އެދެމެވެ.

 

                        

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

 

16 ސެޕްޓެންބަރު 2024
ހޯދާ