ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިޢުލާން ނަންބަރު: IUL)88-PS/88/2024/37) (30 މޭ 2024) އަށް ތިންވަނަ އިސްލާޙު ގެނައީމެވެ.
ތިންވަނަ އިސްލާޙު:
އިސްވެ ދެންނެވުނު އިޢުލާންގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން އަންނަނިވި ރަށްތައް އުނިކޮށްފައިވާކަން އިޢުލާންކުރީމެވެ.
އިސްވެ ދެންނެވުނު އިޢުލާންގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އަންނަނިވި ރަށްރަށާއި ފަޅު އިތުރުކޮށްފައިވާކަން އިޢުލާންކުރީމެވެ.
މަތީގައި ބަޔާންކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބު ކުރެވޭނީ މިނިސްޓްރީގެ ނަންބަރުން IUL)88-PS/88/2024/35) (30 މޭ 2024) އިޢުލާނުކޮށްފައިވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގަވާއިދު ނަންބަރު: 2016/R-69 ގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ފަޅުގެ ވަކި ސަރަޙައްދެއް ކުއްޔަށް ނެގުމަށް ހުށަހަޅާނަމަ އެސަރަޙައްދާއި އެ ސަރަޙައްދުގެ ބޮޑުމިން އިނގޭނެހެން ފާހަގަކޮށް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ. މި އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.