ދިވެހިރާއްޖެ
އުސޫލު ނަންބަރު: (PP)307/INDIV/2022/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 1 (އެކެއް) ވަނަ އިސްލާހު ގެނައުމުގެ އުސޫލު.
އުސޫލު ނަންބަރު: (PP)307/INDIV/2022/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް އަންނަނިވި އިސްލާހު ގެނައުނުން.
ބުނެވިދިޔަ އުސޫލުގެ 16 ވަނަ މާއްދާ (އިތުރު ފަރާތަކަށް ކުއްޔަށްދިނުމާއި ބަދަލުކުރުން) ގެ 16.3.4 އަންނަނިވި ގޮތަށް އިސްލާހުކުރުން؛
16.3.4 އެއްބަސްވުން ބަދަލުކުރުމުގެ އިދާރީ ފީއެއްގެ ގޮތުގައި ބިމުގެ ބޮޑުމުނަށް ބަލާ އަކަފޫޓަކަށް 10 (ދިހައެއް) ރުފިޔާގެ ރޭޓުން ރ. އިންނަމާދޫ ކައުންސިލަށް ފައިސާ ދެއްކުން.
ބުނެވިދިޔަ އުސޫލުގެ 16 ވަނަ މާއްދާ (އިތުރު ފަރާތަކަށް ކުއްޔަށްދިނުމާއި ބަދަލުކުރުން) އަށް އަންނަނިވި ކަންކަން އިތުރުކުރުން؛
16.5 މި އުސޫލްގެ ދަށުން ދޫކުރެވޭ އެއްވެސް ބިމެއް އެބިމަކަށް ދެވިފައިވާ ގްރޭސް ޕީރިއަޑް ތެރޭގައި އިތުރު އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
16.6 ޤަވައިދާ ޙިލާފަށް ކައުންސިލްގެ ހުއްދަނެތި އެއްވެސް ބޭނުމަކަށް އެއްވެސް ފަރާތަކުން ބިން ބޭނުންކުރަމުންދާކަން ކައުންސިލަށް ފާހަގަވާ ތާރީޙުން ފެށިގެން ބިން ބޭނުންކުރާކަމަކަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަލާފައިވާ އެންމެ ކުޑަ ކުލި ނަގާ އެކަން ހުއްޓުވޭނެއެވެ. އެގޮތުން؛
16.6.1 އަދި ފުރަތަމަ ފަހަރު 3,000.00 (ތިންހާސް) ރުފިޔާއާއި 5,000.00 (ފަސްހާސް) ރުފިޔާއައި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.އެކަން ތަކުރާރުވާ 2 ވަނަ ފަހަރު 5,000.00 (ފަސްހާސް) ރުފިޔައާއި 10,000.00 (ދިހަހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަން ތަކުރާރުވާ 3 ވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 10,000.00 (ދިހަހާސް) ރުފިޔާއާއި 25,000.00 (ފަންސަވިސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އުސޫލުގެ ތެރެއިން އެތަން ހުސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
16.7 މި އުސޫލްގެ ދަށުން ކޮންމެ ފަރާތަކާސްވެސް އެފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ އެންމެ ގިނަވެގެން 2 ބިމެވެ. އެހެންނަމަވެސް ބިން ބަދަލުކުރުމަށް ހުށައަޅާއިރު ބަދަލުކުރުމަށް ބޭނުންވާ ފަރާތުގެ ނަމުގައި ބިމެއް އޮތްނަމަ 1 ބިމެވެ.
- 16 ސެޕްޓެމްބަރ 2024 -