މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ލޯގޯ އަދި ޓްރޮފީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                               ނަމްބަރ:331/331/2024/80(IUL)

 

   އިޢުލާން

 

 ކައުންސިލް ކަޕް ލޯގޯ އަދި ޓްރޮފީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވައިލުން

               މި ކައުންސިލްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ކައުންސިލް ކަޕް"ގެ ލޯގޯ އަދި ޓްރޮފީ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރި އިޢުލާން (ނަމްބަރު:331/331/2024/76(IUL) އާއި ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތައް މަދުކަމަށް ފެންނާތީ ލޯގޯ އަދި ޓްރޮފީ ޑިޒައިން ފަރުމާކޮށް ހުށަހެޅުމަށް އިތުރު ފުރުޞަތަކަށް ހުޅުވާލުމަށް އިވެލުއޭޓްކުރުމަށް ބޭއްވުނު ކޮމެޓީއިން ވަނީ ނިންމާފައެވެ. އަދި އިތުރަށްލިބޭ ހުށަހެޅުންތަކާއިއެކު މިހާރު ހުށަހަޅުއްވާފައިވާ ޑިޒައިންތައްވެސް ހިމަނައިގެން އިވެލުއޭޝަން ކުރިއަށް ގެންދިއުމަށެވެ. ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ޑިޒައިން ހުށަހެޅި ފަރާތްތަކަށްވެސް އައު ޑިޒައިންތަކެއް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވެއެވެ. ލޯގޯ އަދި ޓްރޮފީ ފަރުމާކުރުމަށް ކަނޑައަޅާފައިވާ އިނާމް ފައިސާގެ އަދަދަކީ 8000ރ އެވެ.

              ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތަފްޞީލާއި އެއްގޮތަށް ލޯގޯ އަދި ޓްރޮފީ ފަރުމާކުރެއްވުމަށްފަހު 2024 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  

ލޯގޯ ފަރުމާކުރުމުގައި ބަލަންވީ މިންގަނޑުތައް:

  • މީގެ ކުރިން އެއްވެސް ފަރާތަކުން ބޭނުންކޮށްފައި ނުވާ އަމިއްލަ ވަންތަ ޑިޒައިނަކަށްވާންވާނެއެވެ.
  • ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ޓީޝާޓް، ލޭންޔާރޑް އަދި ދިދަ ފަދަ ތަކެތީގައި ބޭނުން ކުރެވޭ ގޮތަށެވެ.
  • ލޯގޯ އަކީ ލަކުޑި ، ފައިބަރު ނުވަތަ މައުދަނުގައި ފަސޭހައިން ކަނޑާނަގައި (އެންގްރޭވްކޮށް) ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކުރެވޭ ލޯގޯ އަކަށް ވާންވާނެއެވެ.
  • ލޯގޯގެ ސައިޒް 20mm X 20mm އަށް ކުޑަކުރުމުން އޭގެ އަސްލު ގެއްލިގެން ނުވާނެއެވެ.
  • ލޯގޯގެ ރިސޮލިއުޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.

ޓްރޮފީ ފަރުމާކުރުމުގައި ބަލަންވީ މިންގަނޑުތައް:

  • ޓްރޮފީ ފަރުމާކުރަންވާނީ ގާތްގަނޑަކަށް 90 އިންޗި ހުންނަވަރަށް ޓްރޮފީގެ އަސްލު ތައްޔާރުކުރުމުން އޭގެ ބައްޓަމަށް ބަދަލު ނާންނާނެގޮތަށެވެ.
  • ޓްރޮފީއަކީ 3ޑީ ކޮށް އޭގެ އަސްލު ތައްޔާރުކުރެވޭނެ ޑިޒައިނަކަށް ވާންވާނެއެވެ.

ހުށަހަޅަންވީގޮތް:

  • ލޯގޯގައި ހިމެނޭ ބައިތަކާއި ކުލަތަކުން ރަމްޒްކޮށްދޭ އެއްޗެއް ލިޔުމުން ހުށަހަޅަން ވާނެއެވެ.
  • ލޯގޯގެ ކުލަ އަދި ގްރޭސްކޭލް ފައިލް.
  • ލޯގޯ ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑު ކޮޕީ އަދި ވިޔަފާރި ނުވަތަ ކުންފުންޏެއް ނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ހުށަހަޅާ ފަރާތަކީ ކާކުކަން އެނގޭނެ ނަމެއް ނުވަތަ ނިޝާނެއް ހުށަހަޅާ ސޮފްޓް ކޮޕީތަކުގައި ހިމަނައިގެން ނުވާނެއެވެ.

އެހެނިހެން:

  • ލޯގޯ އަދި ޓްރޮފީ އިވެލުއޭޓްކުރުމުގައި ބަލާނީ ދެއައިޓަމްގެ ގޮތުގައިކަމުން އެންމެ ރަނގަޅު ލޯގޯ އަދި ޓްރޮފީ ތަފާތު ދެ ފަރާތަކުން ހޮވޭ ހާލަތުގައި އިނާމް ފައިސާ ދެފަރާތަށް ހަމަހަމަކޮށް ބަހާލެވޭނެއެވެ.
  • އެންމެ ރަނގަޅު ޑިޒައިނަކަށް ހޮވޭ ފަރާތުން ކައުންސިލުން އެދޭ ކުދިކުދި ބަދަލުތައް ގެނެސްދޭންވާނެއެވެ. އަދި ޑިޒައިންގެ ހައިކޮލިޓީ ޕްރިންޓްފައިލް އާއި ލޯގޯ ރިވީލިންގ އަށް ބޭނުން ކުރެވޭނެ ފަދަ ކްލިޕެއް ތައްޔާރުކޮށްދޭންވާނެއެވެ.
16 ސެޕްޓެންބަރު 2024
ހޯދާ