ދިވެހިރާއްޖެ
މި ސްކޫލް ޢިމާރާތްތަކުގެ ދިޔަދޮވި ބަދަލުކުރުމާބެހޭ
މި ސްކޫލް ޢިމާރާތްތަކުގެ ދިޔަދޮވިތައް ބާވެ ހަލާކުވެފައިވާތީ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS53/IUL/2015/15 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 23 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޝަޢުބާން 1436