ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ ކަންކަން އިންތިޒާމް ކުރުން

އަންނަ އަހަރު މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މައްސަކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ދިއްދޫއަށް ނިސްބަތްވާ ކުލަބު ޖަމްޢީއްޔާތަކުން، 16  ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން އެ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 ޕްރޮޕޯސަލް ހުށަހެޅޭނީ މި ކައުންސިލްގެ ކައުންޓަރަށް ޕްރޮޕޯސަލް ހުށަހަޅުއްވައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށ ޕްރޮޕޯސަލް މެއިލްކޮށްގެންނެވެ. މި މަސައްކަތް ޙަވާލުކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. 

13 ސެޕްޓެންބަރު 2024
ހޯދާ