ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ސާވަރއެއް ސަޕްލައިކޮށް ސެޓަޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވައި، ތިރީގައިވާ ތާވަލާ އެއްގޮތަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމަށް ރެޖިސްޓަރ ކުރެއްވުމަށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވައި، 18 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.
https://forms.gle/exgrXPYyXpyp48DF8
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން/ހުޅުވުން |
25 ސެޕްޓެންބަރު 2024 (ބުދަ) |
10:30 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު އަދި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރެޖިސްޓަރ ކުރައްވާ ފަރާތްތަކާއި އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.