ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2019/R-1010 "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙުގެ ދެލިކޮޕީ މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ. މި އިސްލާޙަށް ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ހުޅުވާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިސްލާޙަކީ ޕްރެކްޓިޝަނަރުން ރަޖިސްޓްރީކުރުމުގައި މި ވަގުތު ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި ގެނެވޭ އިސްލާޙެއްކަމުގައި ފާހަގަކުރަމެވެ. އަދި މުޅި ގަވާއިދު މުޠާލިޔާކުރުމުގެ މަސައްކަތް ކުރިއަށް ރާވާފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ.
ވީމާ، އިސްވެދެންނެވުނު ގަވާއިދުގެ އިސްލާޙަށް ގެންނަން ފެންނަ ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ [email protected] އީމެއިލް އެޑްރެހަށް 2024 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ކުރިން ފޮނުއްވުން އެދި ދަންނަވަމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
09 ރަބީޢުލް އައްވަލް 1446
12 ސެޕްޓެމްބަރ 2024