މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ކައުންސިލްގެ ލޭންޑް ސާރވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖީ.ޕީ.އެސް ސަރވޭ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

 

އިޢުލާން

ބ.އޭދަފުށީ ކައުންސިލްގެ ލޭންޑް ސާރވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖީ.ޕީ.އެސް ސަރވޭ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބ.އޭދަފުށީ ކައުންސިލްގެ ލޭންޑް ސާރވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖީ.ޕީ.އެސް ސަރވޭ އިކުއިޕްމަންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސަޕްލައި ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްސްގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި އޭގެ ސްޕްސިފިކޭޝަންސް

އަދަދު

އިކުއިޕްމަންޓް

1

CORS Station

1

GNSS Receiver

1

Rugged field Controller

1

Field Data Collection Software

 

1-      އިކުއިޕްމަންޓްގެ ސްޕެސިފިކޭޝަން މިއިޢުލާނާއި އެކު ހީރަސްކުރެވިފައިވާނެއެވެ.

2-      އިކުއިޕްމަންޓް ސަޕްލައިކުރާފަރާތުން ބީލަން ކާބިޔާބު ކުރުމަށްފަހު އެތަކެތި ބޭނުންކުރާނޭގޮތާއި ޓެކްނިކަލް މަޢުލޫމާތު ހިއްސާކުރުމަށް ޓްރެއިނިންގ އެއް ކައުންސިލް ސްޓާފުންނަށް ހިނގައިދޭންވާނެއެވެ.

3-      އަގު ހުށަހަޅަންވާނީ ބ.އޭދަފުށި ކައުންސިލް އިދާރާއާއި ހަމައަށްތަކެތި ފޯރުކޮށްދިނުމާއި، އިކުއިޕްމަންޓްގެ ސެޓަޕް ހެދުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ސަޕްލައި ކުރާފަރާތުންނެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 (ބުރާސްފަތި) ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2024 ވާ (ހޯމަ) ދުވަހުގެ 13:45 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓަރވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އިމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ލިންކު: https://forms.gle/stYQXAyYVvQ36fBX7

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތަކާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ޖަދުވަލްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީ-މެއިލްކުރެވޭނެއެވެ. މި ބީލަމާއިގުޅޭގޮތުން  އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  24 ސެޕްޓެންބަރު 2024 ވާ (އަންގާރަ) ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ކޯޓޭޝަން / އެސްޓިމޭޓް

2-      އިކުއިޕްމަންޓްސްގެ ޓެކްނިކަލް ސްޕެސިފިކޭޝަން (ކޮންމެ އިކުއިޕްމަންޓްއަކަށް ވަކިވަކިން)

3-      ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ

4-      ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

5-      ބީލަމުގައިސޮއިކުރުމުގެހުއްދަލިޔުން (ޕަވަރއޮފްއެޓާރނީ)

6-      ވިޔަފާރީގެ ފީ އެންމެފަހުން ދެއްކި ރަސީދުގެ ކޮޕީ 2023 ވަނަ އަހަރަށް (ކުންފުނި އަދި ޕާރޓްނަރޝިޕްއެއްނަމަ)

7-      ތަޖުރިބާ ލިޔުންތައް

8-      މިއިއުލާނާއި އެކު ގެޒެޓް ކޮށްފައިވާ ޖަދުވަލުތައް (ފުރިހަމަކުރުމަށްފަހު)

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

ހުށަހަޅާ އަގު: (90 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 80 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ އަގަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

2

ހުށަހަޅާ މުއްދަތު: (5 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.
  • ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10

3

ތަޖުރިބާއަށް ޕޮއިންޓް ދޭނެ ގޮތް (5 ޕޮއިންޓް)

 

  • އެންމެ ގިނަ މާކްސް ލިބޭނީ މިމަސައްކަތާއި ގުޅުންހުރި ތަކެތި ސަޕްލައިކޮށް އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް

 

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

 

ބީލަން ހުށަހެޅުން އޮންނާނީ 2024 ސެޕްޓެމްބަރ 29 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .ބީލަން ހުޅުވުން އޮންނާނީ 29 ސެޕްޓެންބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:35 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

12 ސެޕްޓެންބަރު 2024
ހޯދާ