ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް ބޭސްފިހާރަ ކުއްޔައްދިނުމާ ބެހޭ

އަތޮޅު ކައުންސިލް ބޭސްފިހާރަ ކުއްޔައްދިނުމާ ބެހޭ

މި އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލްކައިރީ ހުންނަ އަތޮޅު ގެސްޓްހައުސް 3 ގެ ގޯތިތެރޭގައިހުރި ބޭސްފިހާރައާއި ފާމަސިސްޓު ހުރުމަށް ހަދާފައިވާ ކޮޓަރި ކުއްޔައްދިނުމަށް މި އިދާރާއިން ކުރި ނަންބަރު IUL)240-ADS/240/2015/29) (ތާރީޚު:07 މޭ 2015 ) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ކުޑައަގުތަކެއްކަމުގައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 14 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 21 ވާ އާދީއްތަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

20 ޝަޢުބާން 1436

07 ޖޫން 2015
ހޯދާ