މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ސަރަޙައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީކުރުން

ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ސަރަޙައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީކުރުން

ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ސަރަޙައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށް ގޮޅި ނަންގަވާ ހުރިހާ ފަރާތްތަކެއްވެސް، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރަން ޖެހެއެވެ. ވީމާ، ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ސަރަޙައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށްޓަކައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ރަޖިސްޓަރޭޝަން ސެޓްފިކެޓް ބަލައިގަތުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ސެޝަންއާބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ތާރީޚު: 13 ޖޫން 2015 (ހޮނިހިރު)

ގަޑި: ހެނދުނު 09:00 އިން ހަވީރު 15:00 އަށް

ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނު މަގު)

މި ސެޝަންގެ ތެރެއިން ތިރީގައިވާ ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ.

  • އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަންބޭނުންވާ ފަރާތަކުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ފާސްކޮށްދިނުން.
  • އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށްއެދޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތަކަށް، އެހީތެރިކަން ފޯރުކޮށްދިނުން.
  • ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް، އައި.ޑީ. ކާޑުގެ ކޮޕީ ހުށަހެޅުމުން، ވިޔަފާރި ރަޖިސްޓަރީކުރުމަށްއެދޭ ފޯމު ބަލައިގަނެ ވަގުތުން ވަގުތަށް ޕްރޮސެސްކުރުމަށްފަހު ސެޓްފިކެޓް ދޫކުރުން.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.agi.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

މިއިޢުލާނާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ނަންބަރު 3333108 އަށް ގުޅުއްވުން އެދެމެވެ.

‏21‏ ޝަޢުބާން‏ 1436

08 މޭ 2015
ހޯދާ