ދިވެހިރާއްޖެ
އިޢުލާން
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށަށް ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ތަކެތި ގެންގޮސްދިނުމާބެހޭ
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އޭދަފުށި ފިޔަވައި އެހެން ހުރިހާ ރަށަކަށް ސޯލާ ޕެނަލްއާއި އެމަސައްކަތާއިގުޅޭ އެހެނިހެން ބައެއް ސާމާނު އެރަށަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ފޮނުއްވާނަމަ، [email protected] އަށް 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602537 އަށް ގުޅުއްވުން އެދެމެވެ.
09 ރަބީއުލްއައްވަލް 1446