އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓަރ (ގްރޭޑް 1)

މަޤާމް :އޮޑިޓަރ (ގްރޭޑް 1)

ބޭނުންވާ އަދަދު :1

 

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް 

ޑިޕާޓްމަންޓް

ޕަރފޯމަންސް އޮޑިޓް 

އަސާސީ މުސާރަ

-/6500ރ (ހަ ހާސް ފަސް ސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3,300ރ.

ސަރވިސް އެލަވަންސް:86/67ރ (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/2000ރ (ދެ ހާސް) ރުފިޔާ

ސްޕެޝަލް އެލަވަންސް

-/2000ރ (ދެ ހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ (ހަތް ސަތޭކަ ފަންސާސް) ރުފިޔާ

ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/500ރ (ފަސް ސަތޭކަ) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވާ ތާރީޚްތަކަށް މަސައްކަތްކޮށް ނިންމުމުގެ (އަދި މާލިއްޔަތުގެ ގާނޫނާއި ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް  މަސައްކަތްކޮށް ނިންމޭނެފަދަގޮަތަކަށް މަސައްކަތްކޮށް ނިންމައި، އެތާރީޚްތަކަށް އޮޑިޓް ރިޕޯޓު ޝާއިޢުކުރުމުގެ)  މަޤްޞަދުގައި، އޮޑިޓަރާއި ހަވާލުކުރެވޭ އޮޑިޓެއްގެ ބައިތައް އޮޑިޓްކޮށް ނިންމުން.
  2. އޮޑިޓް ޕްލޭން ތައްޔާރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން އޮޑިޓަރާއި ހަވާލުކުރެވޭ މަސައްކަތްތައްކުރުން.  އެގޮތުން އެނަލެޓިކަލް ރިވިއު ތައްޔާރު ކުރުމާއި، ބޮޑަށް ބަލަން ޖެހޭކަންތައްތައް ދެނެގަތުމާއި (ރިސްކް އައިޑެންޓިފިކޭޝަން)، މަސައްކަތް ރޭވިފައިވާގޮތުގެ ނިޒާމުގެ ޚުލާޞާ ކަރުދާސް އެކުލަވާލުމާއި (ސިސްޓަމް ޑިސްކްރިޕްޝަން)، ބޮޑަށް ބަލަންޖެހޭނެކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް މިނެކިރުމާއި، އޮޑިޓް ޕްރޮގުރާމްތައް އެކުލަވާލުމައި އަދި އެލިޔުންތައް އޮޑިޓް ޕްލޭނުގައި ހިމެނުމަށް އޮޑިޓް ސުޕަވައިޒަރާއި ޙަވާލުކުރުން.
  3. އޮޑިޓްގެ ޢަމަލީ މަސައްކަތުގެ (ފީލްޑް ވަރކް) ތެރެއިން އޮޑިޓަރާއި ހަވާލުކުރެވިފައިވާ އެކައުންޓުގެ ބައިތައް ކޮށްނިންމުން. އަދި އެމަސައްކަތް އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިން ބަރާބަރު ގަޑިއަށް ނިންމުން. 
  4. އޮޑިޓްގައި ކުރެވޭމަސައްކަތްތަކުގެ މައްޗަށް ބިނާކޮށް މަސައްކަތްތަކުގެޚުލާޞާއެއް އެކުލަވައިލުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5.ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6.ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބްޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

24 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. 

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ

12 ސެޕްޓެންބަރު 2024
ހޯދާ