ދިވެހިރާއްޖެ
އިޢުލާން
ލ. ހިތަދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ވާރޑް ސެޕަރޭޝަން ކާރޓްން ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް!
ލ.ހިތަދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ވާރޑް ސެޕަރޭޝަން ކާރޓްން ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުންއެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއެއް ބަލައެއް ނުގަނެވޭނެއެވެ.
ލިންކް: https://forms.office.com/r/8spEx7Fbxb
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު 23 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް:
ފޯން:6800879،9828289 އީމެއިލް: [email protected]