ދިވެހިރާއްޖެ
"ކުޑަކުދިންގެ ހިޔާގެ ލިފްޓު ސާރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން"
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާގެ ލިފްޓު ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)459-A/1/2015/43) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
22 ޝަޢުބާން 1436