މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ކެފެޓީރިއާ މަރާމާތު ކުރުމަށް

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަސްޓަމްސް ޢިމާރާތުގައި ހުރި ކަސްޓަމްސް ކެފެޓީރިއާ މަރާމާތު ކުރުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/44) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ