ދިވެހިރާއްޖެ
މާފަރި ކައުންސިލް އިދާރާގެ ބްރޭންޑިންގ ޕެކް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ނ. މާފަރު ކައުންސިލުގެ ބްރޭންޑިނގ ޕެކް ޑިޒައިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން (IUL)290-ADMIN/290/2024/47 (12 އޮގަސްޓް 2024) ގައި ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އަލުން މި މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
# |
ތަފްޞީލް |
ތާރީޚާއި ގަޑި |
1 |
އަންދާސީ ހިސާބު ރަޖިސްޓްރީވުމުގެ ސުންގަޑި |
23 ސެޕްޓެންބަރު 2024، 13:00 |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
03 އޮކްޓޫބަރު 2024، 13:00 |
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، [email protected] މިއީމެއިލް އެޑުރެހަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
8 ރަބީޢުލްއައްވަލް 1446