ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ނީލަން ކިޔުން

މި ކޯޓުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާ ގުޅޭ

            މި ކޯޓުގައި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުން 2024 ސެޕްޓެމްބަރު 23 ވާ ހޯމަ ދުވަހުގެ 14:30 ގައި މި ކޯޓުގައި އޮންނާނެއެވެ.

            މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 21 ވާ ހޮނިހިރު ދުވަހުގެ 11:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

             ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2024 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

             ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 6820744 ފޯނަށް ގުޅުއްވުން އެދެމެވެ.

10 ސެޕްޓެންބަރު 2024
ހޯދާ