ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޒިނަސް ޕްލޭން ހެދުމަށާއި، ކޯޕަރޭޓިވް ސޮސައިޓީއެއް ހެދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ބިޒިނަސް ޕްލޭން ހެދުމަށާއި، ގދ.އަތޮޅު ކޯޕަރޭޓިވް ސޮސައިޓީއެއް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު IUL)242/242/2015/18)ފ(13 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2015 ވާ (ބުދަ) ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖޫން 2015 ވާ (އަންގާރަ) ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް (ގދ.އަތޮޅުގޭގެ ސިޓިންގރޫމް) ކަމުގައިވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމުގައިވެސް ދެންނެވީމެވެ.

20 ޝަޢުބާން 1436

07 ޖޫން 2015
ހޯދާ